March 19, 2026
Advertisement
މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުވަނީ ކެނޑިފައި
މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުވަނީ ކެނޑިފައި / ސޯޝަލް މީޑިއާ

ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވެ މާލެ ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 14, 2024, 12:21 AM
މާލެ ސިޓީ

ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވެ މާލެ ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

Advertisement

ސްޓެެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރަމުންދާ ގަދަ ވިއްސާރަގައި ޑިސްޓްރިބިއުޝަން ކޭބަލެއް ޝޯޓްވެ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެގޮތުން ލޮނުޒިޔާރަތްމަގު، ވީބީ މާޓް ހުންނަ ސަރަޙައްދުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިކަމަށާ ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދަށް ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިފައިވެއެވެ.

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނަގަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved