March 10, 2026
Advertisement
ފުލުހުން ރައްޔިތުންގެ ޚިދުމަތުގައި
ފުލުހުން ރައްޔިތުންގެ ޚިދުމަތުގައި / ޕޮލިސް

ވިއްސާރަ އާއި ގުޅިގެން ގެއްލުންވާ ފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ

Aminath Zara
އައިމިނަތު ޒާރާ
Aug 14, 2024, 03:08 AM
މާލެ ސިޓީ

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގޭބިސީތަކަށް ފެންވަނުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެކި ގޮތްގޮތުން ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ މުވައްސަސާއިން ހާމަކޮށްފިއެވެ.

Advertisement

އެގޮތުން، ފެންހިންދުމާއި ވެލި ބަސްތާ ޖެހުމުގެ އިތުރުން ގޭގެއަށް ފެންވަދެ ހިފައިގެންގުޅޭ ސާމާނު އަދި ފަރުނީޗަރު ފަދަތަކެތި ފެނުގެ އަސަރުކޮށްގެން ހަލާކުވިޔަ ނުދިނުމަށް އެތަކެތި ރައްކާތެރިކުރުމަށް ދަނީ އެހީތެރިވަމުން ކަމަށް ފުލުހުން ނެރުނު ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި އެއްތަނުން އަނެއްތަނަށް ނުދެވިފައިތިބި މީހުންނަށް ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ހަމަ އެހެންމެ ފުލުހުންގެ އިތުރުން އެހެނިހެން އިދާރާގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާތަކާ ގުޅުވައިދީ އެހީތެރިކަންދަނީ ފޯރުކޮށްދެމުންދާނެ ކަމަށްވެސް މި ޕޯސްޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ވެލި ބަސްތާ ބޭނުންވާ ގޭބިސީތަކަށް ވެލިބަސްތާ ގެންގޮސްދިނުމުގެ މަސައްކަތްވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށާއި އަދި ކޮމިޝަނަރ އޮފް ޕޮލިހާއި އެހެނިހެން ފުލުހުން ހިމެނޭހެން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ވަރަށް ގާތުންދަނީ ބަލަމުންކަމަށް ބުނެފައިވެއެވެ.

ދިވެހި ފުލުހުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved