
ވަޒީފާއާ ބެހޭ ބިލަށް އެ ޔޫނިއަންގެ ބަހެއް ނުހޯދާތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެ ޔޫނިއަނުން މިފަދައިން ކަންބޮޑުވުން ފާޅުކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި ގައުމީ ސަލާމަތީ ނަޒަރަކުން މަސައްކަތްތެރިން ލޭބަލްކޮށް، ބަސް ބުނުމުގެ ދޮރުތައް ބަންދު ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
މީގެ އިތުުރުން ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް އެ ޔޫނިއަންއަށް ފުރުސަތު ނުދީ ކޮމިޓީ މަރުހަލާ ނިންމާލުމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ ވަޒީފާ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.
ބިލާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓާއި އާންމުންގެ ހިޔާލު ވަނީ ހޯދާފައެވެ. ބިލުގައި ހުރި ބައެއް މާއްދާތަކާ ގުޅިގެން ކޮމިޓީގެ ބައެއް މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައިވެސް ވެއެވެ.
ވަޒީފާ އާ ބެހޭ ގާނޫނުގެ މާއްދާތަކަށް ޔޫނިއަނުން ވަނީ އިސްލާހުތައް ވެސް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި:










