ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް މޮނީޓާރ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އެކުލަވާލީ އެފަދަ ހާލަތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލެއް އޮއްވާކަމުން، ޓާސްކް ފޯސް އެކުލަވާލި ސަބަބު ރައީސް އޮފީހުން ސިއްރުކޮށްފި އެވެ.
މި ނޫހުގެ ފަރާތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް ސަބަބު އޮޅުންފިލުވުމަށްޓަކައި މެސެޖް ކުރީ އިއްޔެ އެވެ.
ޖަވާބު ނުލިބުމުން އެ ސުވާލުތައް ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރް ހަލީލަށް މި ނޫހުން ވަނީ ފޮވާޑްކޮށް އަދި ތަރުޖަމާނު ހީނާ ޖަވާބު ނުދެެއްވާތީ ޖަވާބެއް ދެއްވުމަށް އެދިފައެވެ. ނަމަވެސް ހަލީލް ވިދާޅިވީ ތަރުޖަމާނު ޖަވާބު ދެއްވާނެ ކަމަށެވެ.
ސުވާލު ކުރިތާ އެއް ދުވަސް ވީއިރު ވެސް ޖަވާބު ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ޑިޒާސްޓާރ މެނޭޖްމެންޓް ކައުންސިލެއް އޮއްވާ ޓާސްކް ފޯހެއް އުފެއްދުމުން ގިނަ ބަޔަކު އަންނަނީ އެކަން ޕީއާރް ސްޓަންޓެއްގެ ގޮތުގައި ސިފަކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.