March 19, 2026
Advertisement
ރައީސް އޮފީހުގެ ޕޯޑިއަމް
ރައީސް އޮފީހުގެ ޕޯޑިއަމް / ތޭރަ އޮންލައިން

ރައީސް އޮފީހުން ނޫސްވެރިންނާ ބައްދަލުނުކުރާތާ 70 އަށްވުރެ ގިނަ ދުވަސްވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 16, 2024, 12:57 AM
މާލެ ސިޓީ

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ 70 އަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

Advertisement

ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނަި ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދެއްކެވި އެ ބައްދަލުވުމަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން އެ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އިއުލާނުކުރަން ބޭއްވި ބައްދަލުވެމެއްކަން ފާހަގަކޮށްލެވެ އެވެ.

އޭގެ ފަހުން މިހާރު މި ވަނީ 73 ދުވަސް ވެފައެވެ.

ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް އެޕްރީލް 28 ގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ނަމަވެސް އެބޭފުޅުންގެ ބަހާއި އަމަލާ ދިމާނުވާކަން ހާމަވެ އެވެ.

އެއްވެސް މައުލޫމާތެއް ސިއްރު ނުކުރައްވާނެ ކަމަށާއި މަސައްކަތް ކުރާނީ ނޫސްވެރިންނާ ގާތުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެ މަންޒަރު ނުފެންނަކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved