March 19, 2026
Advertisement
ކޯޓުން ނިކުމެވަޑައިގެން ޝާހު މީޑިޔާއާ ވާހަކަ ދައްކަވަނީ. ފޮޓޯ: ޗެނަލް13
ކޯޓުން ނިކުމެވަޑައިގެން ޝާހު މީޑިޔާއާ ވާހަކަ ދައްކަވަނީ. ފޮޓޯ: ޗެނަލް13 / ތޭރަ އޮންލައިން

އިންޑިއާ އައުޓް އާ ދެކޮޅަށް ކުރީ ސަރުކާރުން ނެރުނު ގަރާރު ބާތިލް ކުރުމަށް ޝާހު ގޮވާލައިފި

Fathmath Reem
ފާތުމަތު ރީމް
Jan 28, 2024, 01:01 PM
މާލެ ސިޓީ

އިންޑިއާ އައުޓާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ގަރާރު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވިލިގިލީ ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އުސްތާޒް އަލީ ޝާހު ގޮވާލައްވައިފިއެވެ.

Advertisement

ޝާހު މިފަދއިން ގޮވާލާފައި ވަނީ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ މިހިދުން މިހިދަށް ވެސް މި ގަރާރުން ބާތިލް ކުރަން ޑރ މުއިއްޒު އެބަ ޖެހޭ ކަމަށާއި ބާތިލް ނުކުރާކަމުގައި ވާނަމަ ޑރ މުއިއްޒު އަކީ ވެސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ.

ޑރ މުއިއްޒު އެބަޖެހޭ މިހިނދުން މިހިނދަށްވެސް މި ގަރާރު ބާތިލް ކުރަން. ބާތިލް ނުކުރާ ކަމަށް ވާނަމަ ޑރ މުއިއްޒު އަކީ ވެސް ހަމަ އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނާނަން

އަލީ ޝާހު

މީގެ އިތުރުން ޝާހު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަ ކުރާކަށް ސަރުކާރަކަށް ނުކެރުނު ކަމަށާ އޭގެން ދޭހަވަނީ އަޑިއަޑިން އަމަލުތަކެއް ހިންގަމުން ދާކަމަށެވެ.

މި ސަރުކާރުން ގަރާރުތައް ބާތިލް ނުކުރާތީ ސިފަ ވަނީ މި ސަރުކާރުން ވެސް ކުރީ ސަރުކާރުން ހިންގަމުން އައި ޖަރީމާތަކަށް ތަރުހީބު ދޭކަން ކަމުގައި ޝާހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ މިފަދަ ކަންކަމަކީ ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ކޮންމެ ރައްޔިތަކުވެސް ވިސްނާ ފިކުރު ކުރަން ޖެހޭ މުހިންމު ކަމެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved