March 10, 2026
Advertisement
ފުލުުހުން ހައްޔަރު ކުރި ފަރާތްތައް
ފުލުުހުން ހައްޔަރު ކުރި ފަރާތްތައް / ޕޮލިސް

ބޮގަރު ކައްކަން ބޭނުންކުރާ ސާމާނާއެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 18, 2024, 11:32 AM
މާލެ ސިޓީ

ބޮނގަރު ކައްކަން ބޭނުންކުރާ ސާމާނާއި މަސްތުވާތަކެއްޗާއެކު ލ. ގަމުން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ބުނީ ލ. ގަން ތުނޑި އަވަށުގެ ވިލެޖު ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް އަދި ބޮނގަރު ކައްކާ އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 16 އޮގަސްޓު 2024 ވަނަ ދުވަހު އެ ގެ ބަލައި ފާސްކުރި ކަމަށެވެ.

އެގޮތުން އެގެއިން ފުލުހުންނަށް ވަނީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތީގެ ބާވަތަކާއި ބޮނގަރު ކަމަށް ޝައްކު ކުރެވޭ 2 ރުނބާ އަދި ބޮނގަރު ކައްކަން ބޭނުން ކުރާ ސާމާނު ފެނިފައެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލ.ގަން، ތުނޑި، އަހުމަދު ޝުޖާއު (42އ) އާއި ލ.ގަން، ތުނޑި، އަލީ ޝަރީފް (57އ) ކަން ފާހަގަކޮށްލެވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved