May 2, 2026
Advertisement
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ކަރަންޓް ބިލްތައް ބޮޑުކޮށް، ރައްޔިތުންގެ ޖީބުތައް ހަމަ ދޮވެލަނީ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 19, 2024, 04:13 AM
މާލެ ސިޓީ

ފެނިގެންދަނީ ކަރަންޓް ބިލްތައް ބޮޑުކޮށް ރައްޔިތުންގެ ޖީބުތައް ދޮވެލާ މަންޒަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަށް ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިއަދު މިއޮތީ ރައްޔިތުންގެ ހެޔޮ ބަސް އަހާ، ހެޔޮ ބަސް ގަބޫލުކުރާ ވެރިކަމެއް، ނަމަވެސް ފެންނަނީ ޖެހިޖެހިގެން ރައްޔިތުންގެ ޖީބުތަކުން ސަރުކާރުން ވައްކަން ކުރާ މަންޒަރުކަމަށެވެ.

މިއޮތީ ރައްޔިތުންގެ ބަސްއަހާ، ހެޔޮ ބަސްއަހާ، ހެޔޮ ބަސް ގަބޫލު ކުރާ ވެރިކަމެއް، އެކަމަކު މިވަރުން ރައްޔިތުންނަށް ވެގެން ހަނާ ވެގެންދާއިރު ދެން މީ ވެދާނެ ސިޔާސީ ގޮތުން އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަށް ދާންވެގެން ނުދެވިގެން ދައްކާ ވާހަކައަކަށް

ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ މިފަހަކަށް އައިސް ބައި އިލެކްޝަންތަކުން ރައްޔިތުން ލާ ވޯޓުން ވެސް މިކަން ހާމަވެފައިވާކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ދެއްކެވި ހުރިހާ ވާހަކައެއް މިހާރު ކެންސަލްކޮށްލައިފި ކަަން ރައީސް ޔާމީންގެ ވާހަކަފުޅުން ވަނީ ދޭހަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved