ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާއި ދިވެހި ސަރުކާރާ ދެމެދު އޮތް އެއްބަސްވުމެއްގެ މައްސަލާގައި އޭރުގެ ހައުސިންގ މިނިސްޓަރަކަށް ހުންނެވި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ބައްދަލުކުރި ވާހަކަ ދޮގު އެ ކުރެއްވީ ބައްދަލު ކުރެއްވި މަތިން ހަނދާންނެތިގެން ކަމަށް ވިދާޅުވެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ހަނދާން އައުކޮށްދެއްވައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ ނޫމަޑި މައްސަލާގައި އެންމެ ފުރަތަމަ 300 ހައުސިންގ ޔުނިޓް ކަންތަކުގައި ޑރ. މުއިއްޒު ގުޅުއްވީ އެބޭފުޅާއަށް ކަމަށާއި، ހުސައިން ދިއައީ މިހާރުގެ ކޮމިޝަނަރު އަލީ ޝުޖާއު ގޮވައިގެން ޑރ މުއިއްޒާ ބައްދަލު ކުރެއްވުމަށްކަމަށެވެ.
ނަމަވެސް ސީޕީ ޝުޖާއު ވަނީ މި ވާހަކަ ދޮގު ކުރައްވާފައެވެ. ކޮމިޝަނަރު އަލީ ޝުޖާއު ސޮއިކުރައްވައި ދިވެހި ފުލުހުންގެ ހިދުމަތުގެ ލެޓާހެޑާއެކު ނެރުއްވި ކުރު ބަޔާނެއްގައި ވަނީ ހުސައިން ވަހީދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެކަން ޝުޖާއު ދޮގުކުރެއްވުމާއެކު ހުސައިން ވަހީދު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާ ޝުޖާއު ހަނދާން ނެތިފައިވާތީވެ، ހަނދާން އައުކޮށްދެއްވާފަ އެވެ.
އެގޮތުން ހުސައިންގެ އެ ޕޯސްޓްގައި ވަނީ 2012 ވަނަ އަހަރުގެ މެދުތެރެ ނުވަތަ ފަހު ކޮޅުގައި އޭރުގެ ހައުސިންގ އެންޑް އެންވަޔަރމަންޓުގެ މިނިސްޓަރ ޑރ. މުއިއްޒު ގުޅުއްވާ ސީޕީ ކޮބައިތޯ އެހުމުން ސީޕީ ރަށުގައި ނެތް ވާހަކަ ބުނީމާ ވަރަށް މުހިންމު ބޭނުކަމަށް މިނިސްޓްރީއަށް އައިސް ދިނުމަށް އެދުނު ކަމަށެވެ.
އެހެންކަމުން އެ ވަގުތު އިސްކަންދަރު ކޮށީގައި ހުރުމުން މިހާރުގެ ކަމިޝަނަރ ޝުޖާއު އާއިއެކު ހިނގާފައި އެ މިނިސްޓްރީއަށް ދިޔަކަމަށް ފާހަގަކޮށް، ސީޕީ ހުސައިން ވިދާޅުވީ އެ މިނިސްޓްރީގައި މިނިސްޓަރގެ ރޫމްގައި އެ ވަގުތު ތިބީ ފާއިޒް ކިޔާ ބޭފުޅަކާއި ކްރިސް ނޫމަޑީގެ ބޭރު އަންހެނެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދެކެވުނީ ދިއްފުށިމާދޫ އާއި މާބިންހުރާ ބަދަލު ކުރުމުގެ ވާހަކަ އާއި ޕޮލިސް 300 ހައުސިންގ ޔުނިޓުގެ ވާހަކަ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
އެ ބައްދަލު ވުމަށްފަހު މިނިސްޓްރީ އިން ބޭރަށް ނިކުމެ ސީޕީއާއި ގުޅުމުން ދެތިން ދުވަސް ތެރޭ ހަނދާންވާ ގޮތުން ނޯވޭއިން ވަޑައިގަންނަވާ ވާހަކަ ވިދާޅުވެފައި އިތުރަށް މިނިސްޓަރާއި ގުޅާނީ ސީޕީ ކަމަށް ވިދާޅުވި ވާހަކަައިގެ މަތިން ޝުޖާއު ހަނދާން ހުންނާނެ ކަމަށް ވެސް ހުސައިންގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ހުސައިން އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީސް ޖަލްސާގައި އެފަދަ ވާހަކައެއް ދެެއްކުމުން، ފެނިގެން މިދިޔައީ ރައީސް މުއިއްޒުގެ ޕްރެޝަރާއެކު ސީޕީ ޑިފެންސަށް ކުޅެން ނިކުމެވަޑައިގެން މަންޒަރެވެ.