February 26, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން
ކުރީގެ ސީޕީ ހުސެއިން / ތޭރަ އޮންލައިން

ސަރުކާރު ބަދަލުކުރަން ކުރި މަސައްކަތުގެ ތެރެއިން ހާސިލްވީ އެއްވެސް ކަމެއް ނެތް: ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 14, 2024, 12:56 AM
މާލެ ސިޓީ

ސަރުކާރު ބަދަލުކުރަން ކުރި މަސައްކަތުގެ ތެރެއިން ހާސިލްވީ އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ނުކުތް މައިގަނޑު ސަބަބުތަކަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ހުސެއިން ފާހަގަކުރެއްވީ އިންޑިއާ ސިފައިން ގައުމުގައި ތިބުމާ އަޑި ނޭނގޭ ނުވަތަ ގޮތް ނޭނނގޭ ގޮތަށް އިންޑިއާ އެކު ކުރީ ސަރުކާރުން ވީ އެއްބަސްވުމާ އަދި ވިއްކާލި ކަނޑުގެ ސރަަހއްދުގެ މައްސލަ ފަދަ މައްސަލަތކެވެ. ހުސެއިން ވިދާޅުވީ އެފަދަ ކަންކަން އަދިވެސް ހުރީ ހުރި ގޮތަށް ކަމަށާ އެކަންކަމަށް ކުޑައިވެސް ބަދަލެއް ނާންނަ ކަމަށެވެ.

އެގްރިމަންތުތައް ނުދައްކައިގެން އޭރު ލޮލަށްވެސް ނިދި ނައިސްގެން މި ބޭފުޅުން އުޅުނީ. މިއަދު ފެންނަނީ އެގްރިމަންޓުތަކުގެ މައްޗަށް އެގްރިމަންޓު ހަދާ މަންޒަރު. އިންޑިއާ ސިފައިން ނުވާނެއޭ ބުނަމުްނ ދިޔައި. މިއަދު އެމީހުްނ ތިބި އަދަދެއްވެސް ނޭނގޭ. ގެއްލުނު ކަނޑުގެ ބައި އަދިވެސް ނުހޯދޭ. އެހެންވީމަ ކޮން ކަމެއް ތޯ ބަދަލުވީ.

ހުސެއިން ވިދާޅުވީ، މީގެ އިތުުރުން ސަރުކާރު ބަދަލުކުރަން ރައްޔިތުން ވޯޓު ދިން މައިގަޑު އެންމެ މުހިއްމު ސަބަބުކަމަށްވާ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ކުރި ހުކުމާ އަނިޔާއަށް ވެސް ބަދަލެއް ނާންނަ ކަމަށެވެ. ހުސެއިން ވިދާޅުވި މި ސަރުކާރުގެ އިސް ވެރިންގެ ކިބައިގައި ބަދަލު ހިފުމުގެ ރޫހު ހައްދެއް ނެތް މިންވަރަށް ހުރިކަން މިހާރު ފެންނަމުން ދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved