February 26, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން
ކުރީގެ ސީޕީ ހުސެއިން / ތޭރަ އޮންލައިން

ދިވެހި ސަރުކާރު މިހާރު އޮތީ ޑިޕްރެޝަންގައި: ކުރީގެ ސީޕީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 4, 2024, 06:36 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ސަރުކާރު މިހާރު އޮތީ ޑިޕްރެޝަންގައި ކަމަށާ އެހެންކަމުން ކަންކަމަށް ރިއެކްޓުކުރަން ވެރިންނަށް ނޭނގޭ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ނިޒާމު މިހާރު ވަނީ އެފުށް މިފުށަށް ޖެހި ހަލާކުވެ ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާ އެހެން އެކަން ދިމާވީ ރައީސް މީހާގެ ބަހާ އަމަލާ ދިމާނުވާތީ ކަން ހުސެއިން ފާހަގަކުރެއްވިއެވެ.

ހުސެއިން ވިދާޅުވީ ދައުލަތުގެ މާލިއްޔާގެ ހާލަތު ވެރިކަމާ ހަވާލުވި އިރުވެސް ރައީސް މުހައްމަދު މުއިއްޒުއަށް އެނގިވަޑައިގެން ހުންނަވާ ވެސް ވެރިކަމަށް ވަޑައިގެން ގެންދެވީ ބޭކާރު ޚަރަދުތައް ކުރަމުން ކަމަށެވެ. އެގޮތުން ތުރުކީއިން ޑްރޯން ގަތުމާ ވެރިން ބޭކާރު ދަތުރުތައް ކުރުން ހުސެއިން ފާހަގަކުރެއްވިއެވެ.

ހުސެއިން ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮތް ނިޒާމު ރަގަޅު ގޮތުގައި ފަންކްޝަން ކުރުމުގެ ހިތްވަރު ނެތް ކަމަށަ އެ ހިތްވަރު ނެތީ ވެރިންގެ ތެރެއިން ބަޔަކު ބޮލާފޮށާ އެޅިދާނެ ތީ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

އެއް އަހަރު ވެގެން ދާއިރު ފެންނަނީ މުޅި ސަރުކާރު ޑިޕްރެޝަންގައި އޮތް މަންޒަރު. ޚާއްސަ ފަރުވާއެއް ބޭނުންވާ ކަހަލަ މަންޒަރެއް.

ހުސެއިން

ހުސެއިން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކުރާތީ ވެސް ސަރުކާރަށާ ރައީސް މުއިއްޒަށް ފާދުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved