March 11, 2026
Advertisement
އައިމިނަތު ޝައުނާ ޕެނަލް ޑިސްކަޝަންގައި
އައިމިނަތު ޝައުނާ ޕެނަލް ޑިސްކަޝަންގައި / އެމްޑީޕީ

ބޭރުގެ އެހީ ހޯދަން މިހާ ދަތިވެގެން އުޅުނު ސަރުކާރެއް ނުދެކޭކަމަށް ޝައުނާ ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 20, 2024, 12:45 PM
މާލެ ސިޓީ

ބަޖެޓު ޑެފިސިޓް ފޫބެއްދުމަށްޓަކައި ބޭރު ގައުމުތަކުގެ އެހީހޯދަން މިހާ ދަތިވެގެން އުޅުނު ސަރުކާރެއް ފެނިވަޑައިގެންފައި ނުވާކަމަށް ކުރީ ސަރުކާރުގެ އެންވަޔަރމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Advertisement

ޝައުނާ މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައެވެ.

އެގޮތުން ޝައުނާ ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ސަރުކާރެއް އިންތިހާބުވުމުން އިންތިގާލީ މަރުހަލާގައި އުފަންވާ އެއްޗެއް ނޫންކަމަށާއި އެއީ ޒަމާނުއްސުރެ ގައުމުތަކާއެކު އުފައްދާފައިވާ ގުޅުމުގެ ސަބަބުން ހިނގާ ކަމެއްކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 9 މަސް ވެގެން ދިޔައިރުވެސް އެއްވެސް އެހީއެއް ސަރުކާރަށް ހޯދިފައި ނުވާކަމަށް ވިދާޅުވެ ޝައުނާ ވަނީ ފާޑު ވިދާޅުވެފަ އެވެ.



ފޮރިން ޕޮލިސީއަކީ ކޮބައިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

އަދި ރައީސް ޑރ. މުޢިއްޒު އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ވެސް އެންމެ އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށާއި މި ކަންކަމުން ފެންނަނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved