

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ, ކުނިވެފައި އޮތް މީހަކު ފެނިއްޖެއެވެ.
އެ މީހާ މަރުވެފައި އޮތީ ކުރިކީލަ މަގުގައި ހުރި ގެއެއްގައެވެ.
އެ ސަރަހައްދު ގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ފުލުހުން ބުނީ މާލެ އަށް ޑޮކްޓަރު ދައްކަން އައިސް ހުރި މީހެއްގެ ހަބަރެއް ނުވާ ކަމަށް ރޭ 20:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ފުލުހުން ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްކެވެ.