March 10, 2026
Advertisement
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވޭ އަރަފާތު
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ޝައްކުކުރެވޭ އަރަފާތު / އިމިގްރޭޝަން

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވޭ މިހާ ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 20, 2024, 06:08 PM
މާލެ ސިޓީ

މާލޭގައި ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވޭ މިހާ ހައްޔަރުކޮށްފިއެވެ.

Advertisement

މިކަމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މައްސަލައިގެ ތުހުމަތު ކުރެވޭ، އަރަފާތު ހޮސެއިން (32އ) ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ހެނދުނު 10:36 ހާއިރު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް މުހައްމަދު ޝައްމާން ވަހިދުވެސް މިކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.

އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ކޮންތަނަކުން ކަމެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މި މީހާގެ ވާހަކަ ދިވެހިންގެ ސަމާލުކަމަށް އައިސްފައިވަނީ، ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުން އާންމުކުރި ވީޑިއޯއަކާ އެކުއެވެ.

ނަމަވެސް އަރަފާތު ދިރިއުޅެމުން ދިޔަ ގޭގައި އުޅޭ ދިވެހިން ބުނެފައިވާ ގޮތުގައި މީގެ ކުރިންވެސް ފުލުހުންނާ އިމިގްރޭޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވީ ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އަރާފތު ދިރިއުޅޭ ތަނުން ބުޅާ ވަރަށް ގިނައިން ފެންނަ ކަމަށާ ނަމަވެސް ދެ ދުވަހު އެއް ބުޅަލެއް ނުފެންނަ ކަމަށް އެގޭގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ. އަދި އެގޭ ކައިރިން މަރާލާ ބޯ ބުރިކޮށޤ ހަންނޯޅާފައިހުންނަ ބުޅާ ފެންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަފާތުވަނީ އާންމުކޮށް ސްކޫލުތަކަށް ދާ ކުދިންނާ އޮފީސްތކުގެ މީހުން ބްރޭކް ގަޑިތަކުގައި ފިހާރަތަކުން ގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާރގާރ އާ ސަބްމެރިން ވެސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved