ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ މަންޒަރެއް / ރައްޔިތުންގެ މަޖިލިސް
ހަބަރު
މުހިއްމު ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވައިފި
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖެނުއަރީ 2024

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މުހިއްމު ދެ ބިލެއްގެ ފުރތަމަ ކިޔުން އިއްވައިފިއެވެ.

އެގޮތުން އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައިވަނީ، މާލޭ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަަމަށް ކަނޑައެޅި މީހުންނާ ގޯތި ހަވާލުކުރުން އަވަސްކުރުުމަށް ބިމާ ބެހޭ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށާއި މަޖިލީސް އިންތިހާބުގެ ތާރީހު ބަދަލުކުރުމާ ގުޅޭ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ބިންވެރިޔާ ސްކީމްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އިސްލާހުގެ ތެރޭގައި ހިމެނެނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަސް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން ދޫކުރި ގޯތިތައް އަދިވެސް ދޫކޮށްފައި ނުވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދުމެވެ.

"ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެފަރާތްތަކުން އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުމެވެ." އިސްލާހުގައިވެއެވެ.

އިންތިހާބުގެ ތާރީހު ބަދަލުކުރުމާ ގުޅޭ އިސްލާހު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގަައި ވަނީ މަޖިލީހުގެ އިންތިހާބުގެ ރޯދަ މަހާއި ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމާއި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބުތަކުގައި ބާތިލު ވޯޓު ކަންބޮޑުވާ މިންވަރަށް ގިނަވަތީ އެކަމަށް ހައްލެއް ހޯދުމަސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

-
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved