March 10, 2026
Advertisement
އިސްލާމިކު މކިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
އިސްލާމިކު މކިނިސްޓަރު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ސޯޝަލް މީޑިއާ

އޯއައިސީގެ ފިގުހު އެކަޑަމީގެ މެންބަރަކަށް މިނިސްޓަރު ޝަހީމް

Aminath Zara
އައިމިނަތު ޒާރާ
Aug 21, 2024, 05:28 PM
މާލެ ސިޓީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޝަހީމް އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެ އެކަޑަމީގެ މެންބަރަށް ޝަހީމް އައްޔަންކުރެއްވީ މި މަހުގެ އަށްވަނަ ދުވަހުގައި އޯއައިސީގެ ފިގުހު އެކަޑަމީއިން ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން އޯއައިސީގެ ބައެއް މަގާމުތައް ފުރުައްވާފައެވެ. އެގޮތުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved