March 20, 2026
Advertisement
ރައީސް ޑރ.މުއިއްޒު އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް، ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތުގައި
ރައީސް ޑރ.މުއިއްޒު އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް، ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތުގައި / ރައީސް އޮފިސް

ސަރުކާރުން ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jan 28, 2024, 09:03 PM
މާލެ ސިޓީ

އައު ސަރުކާރުގެ ވަޒީރުންންނަށް ރުހުން ދިނުމަށްޓަކައި ބޭއްވުނު ދައުރުން ބޭރުގެ ޖަލްސާގައި ސަރުކާރުން ގަނެފައިވާ ކުރީގެ އެމްޑީޕީ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގާފައެވެ.

Advertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ބަންޑާރަ ނައިބާ، ހައުސިން މިނިސްޓަރާއި، އިސްލާމިކް މިނިސްޓަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރަށްވެސް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ.މުއިއްޒުގެ އަމުރަށް މިނިސްޓްރީ ތަކުގެ ޑެޕިޔުޓީންނާއި ސްޓޭޓް މިނިސްޓަރުންނާއި ބައެއް ޕޮލިޓިކަލް ޑިރެކްޓާރސް ވަނީ މަޖިލިސް ދޮރުމަތީގައި އިހްތިޖާޖްކޮށްފައެވެ.

މައުލޫމާތު ލިބުންގޮތުގައި ވެރިކަންކުރާ މައި ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ ކުރީގެ އެމްޑީޕީ މެމްބަރުން ވަނީ މަޖިލިސް ދޮރުގައި ތަޅުލައި އިދިކޮޅު މެމްބަރުން މަޖިލިސް ކުރިޔަށް ގެންދާ ކޮޓަރިން ބޭރުކޮށްލާފައެވެ.

މަޖިލިސް ރައީސް ޖަލްސާ ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވަމުން ގެންދިޔަ ވަގުތު އެ މެމްބަރުން ވަނީ އަޑުގަދަކޮށް ހުރަސްވެސް އަޅާފައެވެ.

އެމްޑީޕީ މެމްބަރުން ބޭރަށްލުމަށްފަހު ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވަނީ މަޖިލީހުގެ ރިޔާސަތުގައިވެސް އިންނަވާ މަޖިލީހުގެ ގަވައިދާ ޚިލާފުވެފައެވެ.

ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަތްބާނުވާ ނުފޫޒު ނުފޯރުވާނެކަމަށް ސަރުކާރުން ބުނިނަމަވެސް ފެނިގެންދަނީ ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށްގެން އުޅޭ މަންޒަރުކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved