March 10, 2026
Advertisement
ހުޅުދެލި
ހުޅުދެލި / ސޯޝަލް މީޑިއާ

ދީން ހިމާޔަތްކުރަން އައި ސަރުކާރުން މޫނު އެޅި މީހުންނަށް ވަޒީފާ ނުދީ ހިފަހައްޓަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 22, 2024, 03:22 PM
މާލެ ސިޓީ

ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ކަމަށް ބުނެ ވަޒީފާ ނުދިން ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ ވަޒީފާއަށް ކުރިމަތިލި މި އަންހެން މީހާ ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކޯޓަށް އަންގާފައިވާ ކަމަށް ކޯޓުން އޭނާ ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

ޑީޖޭއޭ އިން ހުޅުދެލި ކޯޓަށް ވަކި އެންގުމެއް އެންގީ އެ ކޯޓުގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ މައުލޫމާތާ އެކު އެމީހުން އަޅާ ހެދުމުގެ މައުލޫމާތު ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުންނެވެ.

ޑީޖޭއޭއާ ހަވާލާދީ ކޯޓުން އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

"ކެންޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ކޯޓުގެ އީމެއިލްގައިވެ އެވެ.

މޫނު ބުރުގާ އަޅާ މީހުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާ ނުދޭ މައްސަލައަކީ އަބަދުވެސް އާންމުންގެ ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved