March 21, 2026
Advertisement
ރައީސް ޔާމީން، ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި
ރައީސް ޔާމީން، ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި / ސޯޝަލް މީޑިއާ

ރާއްޖޭގައި ކުރަނީ "ކަސް" ވެރިކަމެއް، މިކަހަލަ ތަނެއްގައި އިންސާފެއް ނުލިބޭނޭ: ރައީސް ޔާމީން

Feb 4, 2026, 02:32 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ކުރާ ވެރިކަމަކީ "ކަސް" ނުވަތަ ހަޑި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާ އެފަދަ ތަނެއްގައި އިންސާފު ލިބޭނެކަމަސް ގަބޫލުނުކުރައްވާ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ރައީސް ޔާމީން ވަނީ މި ގައުމުގައި އިންސާފު ނެތްކަމަށް ވިދާޅުވެ ޝަރުއީ ނިޒާމުގައި ކަން ހިނގަމުންދާ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެތައް ޒަމާން ބަދަލުވި ނަމަވެސް ހިނގަމުން އަންނަނީ ގަދީމި ޒަމާނުގައިވެސް ހިނގަމުން އައި އުސޫލުން ކަމަށެވެ. އެގޮތުން ޝަރުއީ ނިޒާމުގެ މައްޗަށް ގާނޫނު އަސާސީއިން ދެ ޚަސްމުންގެ މައްޗަށް އެއްވެސް ޒާތީ ތައައްސުބެ ނެތި ހަމަހަމަކަން މަތީ ގާނޫނު އެންމެންގެ މައްޗަށް ހިންގުން ނަމަވެސް، އެންމެ ދަށު ކޯޓުން ފެށިގެން ތިން މަރުހަލާ ނިމިގެން ދާއިރުވެސް ފެންނާނީ ފަނޑިޔާރު އަބަދުވެސް ދައުލަތުން ދެކޭ ގޮތް އަހާ ކަމަށެވެ.

ނަމަވެސް އެއީ އެކަން ހިނގަން ޖެހޭ އުސޫލު ނޫންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ "އިންސާފު" އެއީ ރަދީފުގައި އޮންނަ ވަރަށް އާންމު ބަހެއް ކަމަށެވެ. އަދި އެއީ ރާއްޖެ ފަދަ "ކަސް" ވެރިކަމެއް ކުރާ ތަނެއްގައި އިންސާފު ނުލިބޭނެ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރުވެސް ގެންދަނީ ގާނޫނު އެމީހުންގެ އަމިއްލަ އެދުމަށް ބަދަލުކޮށް ބޭނުން ކުރަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved