March 10, 2026
Advertisement
ތިލަފުށީގައި ރޯވެ އަނދަނީ
ތިލަފުށީގައި ރޯވެ އަނދަނީ / ސޯޝަލް މީޑިއާ

ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Aug 22, 2024, 04:59 PM
މާލެ ސިޓީ

ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކު ފިހިއްޖެއެވެ.

Advertisement

އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯކްޝޮޕްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ތަން ފެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved