March 12, 2026
Advertisement
އޭޖީ އުޝާމް
އޭޖީ އުޝާމް / ރައީސް އޮފިސް

ބާ ކައުންސިލްގެ ކޮމިޓީން ބަންޑާރަ ނައިބު، އުޝާމް އުނިކުރަން ފާސްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Aug 22, 2024, 08:03 PM
މާލެ ސިޓީ

ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އޮންނަ ބާ ކައުންސިލްގެ ހިންގާ ކޮމިޓީ އަދި އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތް މާއްދާ އިން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Advertisement

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 77 މެންބަރުންގެ ވޯޓުންނެވެ.

ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ބިލުގައި ބުނާ ގޮތުން އެ ބިލުގެ މަގުސަދަކީ ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ.

ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved