theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލީސް ތަޅުން / -
ސިޔާސީ
އަބުރުގެ ގާނޫނުގެ ބިލް މިދައުރުގައި މަޖިލީހަށް ހުށަހަޅަނީ
Yana Shareef
ޔާނާ ޝަރީފް
15 އޮކްޓޯބަރު 2025

އަބުރުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އަބުރުގެ ގާނޫނުގެ މަސައްކަތް މިހާރު އަވަަސްކުރަން ޖެހިފައިވާ ކަމަށެވެ.

އެއީ އަބުރުގެ ބަަދަލު ނަގައިދިނުމުގެ ގަވައިދަށް ބާރުދޭ އާއްމު ގަވައިދުތަކުގެ ގާނޫނުގެ މުއްދަތު އަންނަ އަހަރު ހަމަވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އާއްމު ގަވައިދުތަކުގެ ގާނޫނަކީ އާ ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށިއިރު އަމަލުކުރަމުން އައި ބައެއް ގަވައިދުތަކަށް ބާރުދޭނެ ގާނޫނު ނެތުމުން، އެ ގަވައިދުތަކަށް ބާރުދޭން ހެދި ވަގުތީ ގާނޫނެކެވެ.

އެ ގާނޫނު އޭރު ފާސްކުރީ ވަކި މުއްދަތެއްގެ ތެރޭގައި އުވޭ ގޮތަށް ކަމަށް ވިޔަސް އެ ގާނޫނުން ބާރުދީފައި ހުރި ބައެއް ގަވައިދުތަކަށް ބާރުދޭނެ ގާނޫނުތައް ނައުމުން، މަޖިލީހުން އައީ އެ ގާނޫނުގެ މުއްދަތު އިތުރުކުރަމުންނެވެ.

އުޝާމް ވިދާޅުވި ގޮތުގައި އެ ގޮތަށް އެންމެ ފަހުން ދިން މުއްދަތު ވެސް އަންނަ އަހަރު ހަމަވާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved