އޭޖީ އުޝާމް އާއި ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
އޭޖީ އޮފީހުގެ މުވައްޒަފުންނަށް ދައުލަތުގެ ބަންޑާރަ ނައިބު ފައިސާ ބެހިކަމުގެ އަޑުތަކެއް!
Hussain Nawaf
ހުސައިން ނަވާފް
09 މާރިޗު 2025
މާލެ ސިޓީ

އޮޑިޓަރ ޖެނެރަލް އޭޖީ އޮފީހުގެ މުވައްޒަފުންނަށް ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ފައިސާ ބެހިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ބަންޑާރަ ނައިބު އެ އޮފީހުގެ މުވައްޒަފުންނަށް ބެހކަމަށް ވަނީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ 1000 ރުފިޔާގެ ގިފްޓް ކާޑެއްކަމަށްވެއެވެ.

އެގޮތުން އޭހީ އޮފީހުގައި 90 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އިރު ބެހި ފައިސާގެ އަދަދު 90،000ރ. އަށް ވުރެ ގިނަ ވާނެކަމަށް ބެލެވެއެވެ.

އުޝާމް ފައިސާ ބަހާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެން ހޫނު ފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުނު މެންބަރުންގެ ތެރޭގައި އުޝާމް ހިމެނެއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޓީގައި ވެސް އޭނާ ހިމެނުނު އިރު އެކަމާއި ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރުމުން އެ ކޮމިޓީން އިސްތިއުފާ ދެއްވިކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved