

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
ރިފްއަތު އޭސީސީއަށް ހާޒުރުވާންޖެހޭކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ހާޒިރުވާން ރިފްއަތުއަށް ވެސް އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރިފްއަތަށް ކުރެވެނީ ކޮން ތުހުމަތެއްކަމެއް އަދި އެނގިފައި ނުވީ ނަމަވެސް އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސް ކަނޑު މޮރިޝަސްއަށް ވިއްކާލުމުގައި ރިފްއަތު ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ.
އޭރު ރިފްއަތުގެ އިތުބާރު ނެތް މައްސަލަ 19 ވަނަ މަޖިލިހަށް ހުށަހެޅިއެވެ.
ރިފްއަތު ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވާ ޗާގޯސް ކަނޑުގެ މައްސަލަ ދޫކޮށްލާފައި ވަނީ ރިޝްވަތު ނަންގަވައިގެންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު ދާދި ފަހުން ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީވެސް ވަނީ އޭސީސީގެ ތަހުގީގަށް ހާޒިރުކޮށްފައެވެ.