May 2, 2026
Advertisement
އައު މަޖިލީހުގެ މެމްބަރުން
އައު މަޖިލީހުގެ މެމްބަރުން / މަޖިލިސް

މިރޭ ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ދަނީ

Aishath Naja
އައިޝަތު ނަޖާ
Aug 22, 2024, 08:07 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށްފަހު މަޖިލީހުގެ ދައުރު ނިންމާލާ ޗުއްޓީއަށް ދިއުމަށް ނިންމައިފި އެވެ.

Advertisement

މިއަދުގެ ބޭއްވި މި ދައުރުގެ 32 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ކަމަށެވެ.

މި ހިނގާ ދައުރު ނިމޭނެ ކަމަށް ކުރިން އޮތީ އޯގަސްޓު 15 އަށެވެ.

އެހެންނަމަވެސް މަޖިލީހުގައި މިވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރެގެން ދައުރު މި މަހުގެ 26، އާ ހަމައަށް ދިގުދަންމާލަން މަޖިލީހުން ފާސްކުރީ އޯގަސްޓު 13 ގައިކަން ފާހަގަކޮށްލެވެއެވެ.

މި މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް ހުށަހަަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމި ނަމަވެސް މަޖިލީހަށް ހުށަހެޅީ 23 ބިލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved