March 19, 2026
Advertisement
މިއަދު ޖުޑިޝީއަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިއަދު ޖުޑިޝީއަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން / -

ސިއްރު ކުރި ކޮމިޓީ އަޑު އެހުން ލީކުވެއްޖެ، މުގައްރިރު ވިދާޅުވީ މައްސަލަަ ބަލާނެ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 22, 2024, 09:51 PM
މާލެ ސިޓީ

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އެމްޑީއެންގެ ހުސެއިން ޝަމީމު ޖުޑިޝީއަރީ ކޮމިޓީއަށް ހާޒިރުކޮށް ބޭއްވި ސިއްރު ބައްދަލުވުމުގައި ދެއްކި ވާހަކަތައް ލީކުވެއްޖެއެވެ.

Advertisement

ޝަމީމު މަގާމުން ވަކިކުރަން ނިންމާ އޭނާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދީ މަޖިލީހުގެ ޖުޑިޝިއަރި ކޮމިޓީއިން ކުރިއަށް ގެންދިޔަ ބައްދަލުވުން ސިއްރުކުރަން ކޮމިޓީއިން ނިންމުމުން ލައިވްކުރުން ހުއްޓައިލުމުން އެއްވެސް މީޑިއާއަކަށް ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އިވިފައިނުވެ އެވެ.

ނަމަވެސް ޝަމީމު ކޮމިޓީގައި ދެއްކެވި ބައެއް ވާހަކަތައް އޮންލައިން ބައެއް މީޑިޔާތަކުން ވަރަށް ތަފުސީލުކޮށް ރިޕޯޓުކޮށްފައިވެއެވެ.  އެގޮތުން ކޮމިޓީގައި ދެކެވުނު ވާހަކަތައް ބައެއް މީޑިޔާއިން ވަރަށް ތަފުސީލުކޮށް ރިޕޯޓުކޮށް، ޝަމީމުގެ ވާހަކަފުޅުތައް ކޯޓުވެސް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ޖުޑިޝީއަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ވިދާޅުވީ، އެކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ އެ މައްސަލަ ބައްލަވާނެ ކަމަށެވެ. ނަމަވެސް ބައްލަވާނެ ގޮތެއް އޭނާ ވިދާޅެއްނުވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިތުރަށް ޕީޖީ ޝަމީމުވެސް ބައްދަލުވުމުގައި ފޯނު ބޭނުންކުރެެއްވިކަން ވެސް ވަނީ ހާމަވެފައެވެ.

ކޮމިޓީގައި ޝަމީމުވަނީ އޭނާއަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އޭނާ ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ ކަމުގައި ޝަމީމު ވިދާޅުވެފައިވެއެވެ.

ޝަމީމުއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކޮމިޓީން ފާސްކޮށްފައިވަނީ އޭނާ މަގާމުން ވަކިކުރުމަށެވެ. އަދި މިރޭ އޮންނަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ ޖަލްސާގައި ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved