March 10, 2026
Advertisement
މިނިސްޓަރ އަލީ އިހުސާން
މިނިސްޓަރ އަލީ އިހުސާން / ސޯޝަލް މީޑިއާ

ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިންނަށް ފިޔަވަޅު އަޅާނަން: އިހުސާން

Aminath Zara
އައިމިނަތު ޒާރާ
Aug 23, 2024, 02:13 AM
މާލެ ސިޓީ

ބިދޭސީން ރާއްޖެ އެތެރެކޮށް މާލީ މަންފާ ހޯދުމަށްޓަކައި އެ ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތް ކުރުވާ ދިވެހިންނަށް ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މުވައްސަސާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި މިންގަނޑުތަކާއި ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ބަންދު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ހިސާބުން ފެށިގެން އެ ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތް ކުރުވާ ދިވެހިންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ

އެގޮތުން ދިވެހިން 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވި ގޮތުގައި މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެންކަމުން މާލީ މަންފާ ހޯދުމަށްޓަކައި ބިދޭސީން ލައްވާ ޤާނޫނާ ޚިލާފު ކަންތައް ކުރުމާއި ބިދޭސީންނަށް އިހާނެތިކޮށް ކަންތައް ކުރުން ފަދަ އަމަލުތަކާއި ދުރުހެލިވުމަށް ވަޒީރު ވަނީ އާދޭހާއެކު ނަސޭހަތްތެރިވެފައެވެ.

ބިދޭސީން ގެނެސްގެން ސެލޫންގެ ނަމުގައި ހަށިވިއްކުންފަދަ ހުއްދަ ނޫން އަމަލުތައް ހިންގާނަމަ މިއަދުން ފެށިގެން އެ ވިޔަފާރި ހިންގަމުންދާ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved