March 24, 2026
Advertisement
ރައީސް ޔާމީން އިހުސާނަށް: ބަހަނާ ނުދައްކާ، ނުވަންޏާ އިސްތިއުފާދީފައި ދުރަށް ދޭ
ރައީސް ޔާމީން އިހުސާނަށް: ބަހަނާ ނުދައްކާ، ނުވަންޏާ އިސްތިއުފާދީފައި ދުރަށް ދޭ / މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ރައީސް ޔާމީން އިހުސާނަށް: ބަހަނާ ނުދައްކާ، ނުވަންޏާ އިސްތިއުފާދީފައި ދުރަށް ދޭ

Dec 12, 2025, 12:25 AM
މާލެ ސިޓީ

ކަންކަން ހައްލުކުރަން ނޭނގި ތިބެ އެހެން މީހުންގެ ބޮލުގައި އިލްޒާމް ނާޅުވާ ނުވަންޏާ އިސްތިއުފާދީ ގެއަށް ދިއުމަށް، ޕިއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ގޮވާލައްވައިފިއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ރައީސް ޔާމީން ވަނީ އިހުސާން އެމަނިކުފާނަށް އަމާޒުކުރައްވާ ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީނަށް ގައުމުގައި ވެރިކަން ކުރުމަށް ލިބުނު ފުރުސަތުގައި އެމަނިކުފާނު ބޭނުންފުޅުވި ނަމަ ފުލުހުންގެ އިދާރާވެސް ރަގަޅު ކުރެވީސްކަމަށް އިހުސާނު ވިދާޅުވި ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދަކީ ފުލުހުން ކުށުގައި ތުހުމަތު ކުރާ މީހާ ވަރުބަލިކޮށްލާ ނަފްސާނީ ގޮތުން ބަލިކަށި ކުރަން ޖަހާ ބަންދެއް ކަމަށާ އެހެންކަމުން އެކަން ފަނޑިޔާރުންވެސް ޒިންމާދާރު ކަމާ އެކު ބަލާ އަދުލުން ހުކުމް ކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުން ވާނުވާ ބަންދުގެ ނަހަމަ ބޭނުން ހިފަމުންދާއިރު އެކަންކަން ހުއްޓުވާ ތަން ހަމަ މަގަށް އެޅުވުމަކީ ހޯމް މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ޒިންމާ އަދާނުކުރެވޭ ވާހަކަ ރައްޔިތުން ދެއްކުމުންނާ އަދި އެމަނިކުފާނުވެސް އެކަންކަން ފާހަގަކުރެއްވުމުން ބަހަނާ ދައްކާ ކަންކަން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަން އިހުސާން އުޅުއްވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމަށާ ރައްޔިތުންނަށް ޚިދުމަތްކޮށް ކަންކަން ރަގަޅު ކުރަން ފުރުސަތު ލިބުމުން ބަހަނާ ނުދައްކަވާ ކަންކަން ރަގަޅުކުރަން އިހުސާންމެން ޖެހޭ ކަމަށާ ނަމަވެސް ދެ އަހަރުވެގެން ދިޔައިރު ކުރެވުނު ކަމެއް ނެތް ކަމަށެވެ.

އެހެންކަމުން ވެރިން އެމީހުންގެ ޒިންމާ އަދާނުކުރާ ވާހަކަ ދެއްކުމުން ބަހަނާ ދެއްކުމުގެ ބަދަލުގައި ނުވިކަން ގަބޫލުކޮށް އިސްތިއުފާދީ ގެއަށް ދިއުން ރަގަޅު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މައްސަލައަކީ ވީވައުދު ވެރިން ހަނދާން ނެތުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved