theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީންގެ ސުވާލެއް ފުލުހުންގެ ހިދުމަތައް: އެމްއެމްޕީއާރްސީ މައްސަލައިގައި އަދުރޭ އަދި މުއިއްޒުގެ މައްޗައް ތަހުގީގެއް ނުހަދާ ދޫކޮށްލީ ކީއްވެގެންތޯ؟
Aishath Naja
އައިޝަތު ނަޖާ
22 އޯގަސްޓު 2024
މާލެ ސިޓީ

އެމްއެމްޕީއާރްސީ މައްސަލައިގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗައް ތަހުގީގެެއް ނުހިންގެވީ ކީއްވެތޯ، ދިވެހި ފުލުހުންގެ ހިދުމަތާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ.

ރައީސް ޔާމީން މިފަދައިން ސުވާލު އުފައްދަވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި މުއިއްޒު އަދި އަދުރޭގެ މައްޗައް ތަހުގީގެއް ނުހިންގެވުމުން، ރަނގަޅަށް މައްސަލަތައް ތަހުގީގު ކުރައްވާނެ ކަމަށް ދިވެހިރައްޔިތުން ފުލުހުންގެ ހިދުމަތައް ބަރޯސާއެއް ނުވެވޭނެކަމަށެވެ.

އަބްދުﷲ ރިޔާޒް މި ކޮންވިންސް ކޮށްދެނީ އެމީހުންނަށް އެމްއެމްޕީއާރްސީ މައްސަލަގައި މި ހިންގަނީ ރައީސް ޔާމީން. ރައީސް ޔާމީނޭ މިކަން ކުރަނީ، އެ ސަބަބަށްޓަކައި އޭ ރައީސް ޔާމީން އެކަން ކުރަނީ. އޭނާ ސީޕީ ކަމުގެ ބޭރުގައި ހުރެގެން ވެސް ސީޕީއަަކަށް މި ވަނީ، އެކަން ބަލާ ނިމުނީމާ، އަބްދުﷲ ރިޔާޒަށް އެބަ އިނިގޭ އަބްދުﷲ ރިޔާޒްގެ ފޯނުގައި ހުރި އެއްޗެހިތަކެއް މިއީ، އެކަމަކު އަބްދުﷲ ރިޔާޒަކަށް ނުކެރުނު މިހިރަ މީހުންގެ މައްސަލަތައް ބަލާކަށް. މިވަރުގެ ދެފުށް ދެގޮތް، މިވަރުގެ މުނާފިގު ކަންތައްތައް މިދައްކަނީ.

- ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގު ކުރެއްވީ ވަކި ބައެއްގެ މައްޗައް ކަމަށެވެ.

އަދުރޭ އަދި ރައީސް މުއިއްޒަށް އެމްއެމްޕީއާރްސީ މައްސަލަ ބަލަން ކެރިވަޑައިގަންނަވާނެތޯ ވެސް ރައީސް ޔާމިން ވަނީ އައްސަވާފައެވެ.

އެގޮތައް އެކަން ތަހުގީގު ކުރަންޏާ ބުޅާ ގޯނިން ބޭރުވާނެކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ އެބޭފުޅުންނަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved