March 10, 2026
Advertisement
ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ސައިޓުން ނެރިގެން ގެންދަނީ
ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ސައިޓުން ނެރިގެން ގެންދަނީ / އަދަދު

ދިޔަމިގިލީ ފެން ޕްލާންޓުގެ މަޝްރޫއު ނިމި ނިމި އޮއްވާ ޕްލާންޓު އެހެން ރަށަކަށް ގެންދަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 23, 2024, 04:16 AM
މާލެ ސިޓީ

ތ. ދިޔަމިގިލީގައި ގާއިމުކުރާ ފެން ޕްލާންޓުގެ މަޝްރޫއު ނިމި ނިމި އޮއްވާ ޕްލާންޓު އެހެން ރަށަކަށް ގެންދަން އުޅޭކަން ހާމަވެއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 80 ޕަސަންޓް މަސައްކަތް ނިމިފައި ވަނިކޮށް، އެ މަޝްރޫއަށް ގެނައި ފެން ޕްލާންޓް، އެ މަޝްރޫއު އެ ރަށުގައި ކުރިއަށް ގެންދާ ފެނަކަ ކޯޕަރޭޝަންއިން ވަނީ އެހެން ތަނަކަށް ގެންދިއުމަށް ރަށުގެ ޖެތީ މައްަޗަށް ނެރެފައެވެ. ނަމަވެސް ގެންދަނީ ކޮންތާކަށް ކަމެއް ސާފުވާ ގޮތެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދައިން އަމަލުކޮށްފައި މިވަނީ އެ މަޝްރޫއުގެ ދަށުން ގޭގެއަށް ބޭނުންވާ ފެން ހޮޅިތައް ވައްދާ އާރްއޯ ޕްލާންޓް ބަހައްޓައި އިންސްޓޯލް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅިގެން ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދާ ސުވާލުކޮށްލުމުން ވަކި ޖަވާބެއް ދީފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved