March 20, 2026
Advertisement
މަޖްލިސް
މަޖްލިސް / މަޖިލިސް

އައު ޕީޖީއަކު އައްޔަންކުރުމުގެ ޖަލްސާ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވަނީ!

Aishath Naja
އައިޝަތު ނަޖާ
Aug 23, 2024, 04:14 AM
މާލެ ސިޓީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

Advertisement

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މިރޭ ބޭއްވި ޖަލްސާގެ ކުރިއަށް އިސްތިއުފާ ދެއްވުމާ ގުޅިގެންކަން ފާހަގަކޮށްލެވެ އެެވެ.

ޝަމީމް އިސްތިއުފާ ދީފައިވަނިކޮށް އޭނާ މަގާމުން ވަކިކުރަން މިރޭގެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ގާނޫނުގައި ބުނެފައި ވަނީ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލްއިން ވަކިވީ ކަމަށެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އަްއު ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖީލިހުގެ ފުރަތަމަ ދައުރު މިރޭ ނިންމައިލި ނަމަވެސް އައު ޕީޖީއަކު އައްޔަން ކުރުމަށްޓަކައި ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބުނުގޮތުގައި ޕީޖީގެ މަގާމަށް އައްޔަންކުރައްވަން އުޅެނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދަނބިދަރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved