May 2, 2026
Advertisement
ރައީސް މުހައްމަދު މުއިއްޒު
ރައީސް މުހައްމަދު މުއިއްޒު / ސޯޝަލް މީޑިއާ

ސަރުކާރު ކުންފުނިތަކަށް 2،000 އަށް ވުރެ ގިނަ އައު މުވައްޒަފުން ނަގައިފި

Aishath Naja
އައިޝަތު ނަޖާ
Aug 23, 2024, 03:20 PM
މާލެ ސިޓީ

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކަށް 2،000 އަށް ވުރެ ގިނަ އައު މުވައްޒަފުން ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

Advertisement

މިކަން ހާމަވެފައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުންފުނިތަކުގެ ރިޕޯޓުންނެވެ.

އެގޮތުން ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަކީ 30،739 އެވެ.

މި އަހަރު ފުރަތަމަ ތިން މަސް ނިމުނު އިރު ސަރުކާރު ކުންފުނިތަކުގައި 33،284 މުވައްޒަފުން ތިބިއިރު އެއީ 2،545 މުވައްޒަފުން އިތުރު އަދަދެކެވެ.

މިއަހަރު ތެރޭ އެންމެ ގިނަ މުވައްޒަފުން ވައްދާފައި ވަނީ ވެމްކޯއަށެވެ.

އެ ކުންފުންޏަށް އިތުރު 528 މުވައްޒަފުން އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved