March 13, 2026
Advertisement
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / އެޑިޝަން.އެމްވީ

ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 23, 2024, 08:45 PM
މާލެ ސިޓީ

ރާއްޖެ އެތެރެ ކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

Advertisement

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 49 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން ނަމަ އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ރާއްޖެ ގެނައު ލަގެޖުންނެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަން ހާމަކޮށްފައި ނުވި ނަމަވެސް، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންނަށް ފައްސިވެފައިވާ ކަމަށް ފުލުހުންގެ އަމުރުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް އެތެރެވާ މީހުންގެ ފަރާތުން މަސްތުވާތަކެތި ލަގެޖް ތެރެއިންނާއި އެނޫންވެސް ގޮތް ގޮތުން އެތެރެކުރަން މަސައްކަތް ކުރުމަކީ އަބަދުވެސް ކުރަމުން އަންނަކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved