March 27, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިވަނީ މާފަހުން ކަންކަން ދޭހަވާ މީހަކަށް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Aug 24, 2024, 11:58 AM
މާލެ ސިޓީ

ސީޕްލޭން "އެއާރ އެމްބިޔުލާންސް" ގެ ގޮތުގައި ބޭނުންކުރަން ހުއްޓާލަންޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވުމުން، ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާފައި ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް (ޕާޕާ)އާ ސުވާލު އަމާޒުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ސީޕްލޭންގައި އެއާރ އެމްބިޔުލާންސްގެ ހިދުމަތް ދިނުމަށް ނިންމެވީ އެކަމަށް އެންމެ އެކަށީގެންވާ ދިރާސާއެއް ކުރުމެއްނެތި ކަމަށެވެ.

ސީޕްލޭންގައި ބަލިމީހުން އުފުލަންޖެހޭ ވަރު މަދުވުމުގެ ސަބަބުން އެ ޕްލޭންގެ ކުލަ ބަދަލިކުރުމަށްފަހު އޭގައި އަނެއްކާވެސް ފަތުރުވެރިން އުފުލަން ފެށިކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ. އަދި ސީޕްލޭން އަކީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ބަލި މީހުން އުފުލޭ އެއްޗެއްކަމުން އެޔަށް އޮންނަ ޑިމާންޑް ދަށްވާ ވާހަކަ އަމީން ވިދާޅުވުމުން ރައީސް ޔާމީން ވަނީ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަމީން އެބަ ކިޔައިދޭންޖެހޭ ދެއްތޯ، މިއީ ބަލި މީހުން އުފުލުމަށްޓަކައި އިނގޭތޯ، އެއާ ޓެކްސީ ރޭގަނޑަކު ތަންތަނަކަށް ނުޖައްސާނެ، ހަމަ ދުވާލު ދަތުރުކުރާނީ، ދެން ދަވާދު ކަހާލާ، އެހެންކަމެއްކޮށް، އެ އެއްޗެއް ބަދަލުކޮށްފާނެ. މިކަން މިކުރީ އެއްކަލަ އިންޑިޔާގެ ހެލިކޮޕްޓަރުވެސް އޮއްވާ ނޫންތޯ؟ އެވެސް ހަމަ ދަތުރުކުރަނީ ދުވާލު ނޫންތޯ؟

ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިޔާގެ ހެލިކޮޕްޓަރު ވެސް ދަތުރު ކުރަނީ ދުވާލުކަމަށާއި އޭރު އޭގައި ދަތުރުތައްކޮށްފައިވާ އަދަދު އަމީން އަތުގައި ނެތީތޯ އައްސަވާފަ އެވެ.

ރާއްޖޭގައި އެއާ އެމްބިޔުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ސީޕްލޭނެއް ހަމަޖެއްސެވީ އެއްވެސް ބަލާލުމެއް ނެތިކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރަސްމާލެ ރާޖޫ އަށް ދިންގޮތައް ސިފަކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved