ވަޅިން ބިރު ދައްކާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މިމައްސަލައާ ގުޅިގެން މި މަހުގެ 22 ވީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ބުރުނިއާގެ 26 އަހަރުގެ ޝާނާ މުޙައްމަދު ޖުނައިދެވެ.
ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ބަންދުގެ އަމުރުކޮށްފައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގައެވެ.