March 10, 2026
Advertisement
މިނިސްޓަރ އިހުސާން
މިނިސްޓަރ އިހުސާން / ސޯޝަލް މީޑިއާ

އަރަފާތު ޑީޕޯޓް ކުރާނީ މައްސަލަ ތަހުގީގުކޮށް ނިމުނީމާ: މިނިސްޓަރު އިހުސާން

Aishath Naja
އައިޝަތު ނަޖާ
Aug 24, 2024, 09:26 PM
މާލެ ސިޓީ

ބުޅާ މަހުން ކާއެއްޗެހި ހަދާ އޭގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ ވިސާ ވައިލޭޝަންގައި ކަމަށާއި މައްސަލަ ތަހުގީގުކޮށް ނުނިމެނީސް އޭނާ ޑީޕޯޓު ނުކުރާނެ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Advertisement

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އޯގަސްޓް 2024 ގައެވެ.

މިމައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެމީހާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ބުޅާ މަހުން ކާތަކެތި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށާއި އަދި މިމައްސަލަ ތަހުގީގުކޮށް ނުނިމެނީސް ޑީޕޯޓުނުކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ބުޅާ މަސްއަޅައިގެން ކާބޯތަކެތި ތައްޔާރުކުރިކަން ކަށަވަރުނުވާ ކަމަށާއި އެކަން ޔަގީންވާ ހިސާބުން ރައްޔިތުންނަށް އެމައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved