March 9, 2026
Advertisement
ބީއެމްއެލް
ބީއެމްއެލް / ސޯޝަލް މީޑިއާ

ޝަކުވާތައް ގިނަވެ ކާޑު ލިމިޓް އަލުން ދޭން ބީއެމްއެލް އިން ނިންމަނީ

Aminath Zara
އައިމިނަތު ޒާރާ
Aug 25, 2024, 06:59 PM
މާލެ ސިޓީ

ފޮރިން ޓްރާންސެކްޝަންތަކަށް ރުފިޔާ ކާޑުން ނުކެނޑޭ ގޮތަށް ބީއެމްއެލްއިން ނިންމި ނިންމުން ބަދަލު ކުރަން އެ ބޭންކް ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި, އެ ނިންމުން ބަދަލު ކުރަން ބޯޑު މީޓިންއެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ. މި ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން މީގެ ކުރިން ބުންޏެވެ. ނަމަވެސް މި ބަދަލުތައް މިއަދު އަލުން މުރާޖައާ ކުރާނެ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ބޭންކް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކުރިން ބީއެމްއެލްގެ ބޯޑުން މިއަދު ނިންމާނީ ކުރިން ވެސް އޮތް ގޮތަށް ކާޑު ލިމިޓްތައް މުރާޖައާ ކުރާށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved