April 22, 2026
Advertisement
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ

ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުމުން ފައްޔާޒު ފާޑުވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 25, 2024, 08:32 PM
މާލެ ސިޓީ

ބޭންކު އޮފް މޯލްޑިވްސް ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރުމުން އެމްޑީޕީ ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Advertisement

މިފަދަ ކުއްލި ބަދަލެއްގެ ސަބަބުން ދަރިވަރުންނާއި ވިޔަފާރިތަކަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެގޮތުން ބޭރުގެ ވެބްސައިޓުތަކާއި ސޮފްޓްވެއާތަކަށް ފައިސާ ދެއްކުމަށް ބުރޫ އަރާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވައުދުވެވަޑައިގަތީ އިގުތިސޯދާ މެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އަދި ފަހުން ވަރަށް ހަރުކަށިކަމާއެކު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓް އިތުރު ނުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މިކަން މިގޮތައް ވާން މެދުވެރިވީ ރައީސް މުއިއްޒުގެ ސަބަބުންކަމަށް ވިދާޅުވެ ފައްޔާޒް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved