March 9, 2026
Advertisement
80،000 އަށްވުރެ ގިނަ ޑޮލަރު އަތުލައިގަނެފައި
80،000 އަށްވުރެ ގިނަ ޑޮލަރު އަތުލައިގަނެފައި / އެމްއޭސީއެލް

80000 ޑޮލަރު ރާއްޖޭން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަނެފި

Aishath Naja
އައިޝަތު ނަޖާ
Aug 25, 2024, 08:48 PM
މާލެ ސިޓީ

ކޯންފްލޭކްސް ފޮއްޓެއްގައި ރާއްޖޭން ބޭރުކުރަން އުޅުނު 80,000 އަށްވުރެ ގިނަ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިފި އެވެ.

Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ދަތުރުކުރީ ވީއައިއޭއިން ޑާކާއަށް, ޔޫއެސް ބަންގްލާ އެއާލައިންސް އިންނެވެ.

ލަގެޖުގައި ފޮރުވައިގެން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81,030 ނަގުދު ފައިސާ ޑޮލަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިން ޓީމުން ވަނީ ހޯދާފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭން ބޭރަށް 10,000 ޑޮލަރަށް ވުރެ ގިނައިން ގެންދާނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved