March 10, 2026
Advertisement
މަލިހް
މަލިހް / ތޭރަ އޮންލައިން

17 އަހަރުގައި ދެވައްތަރެއްގެ ވެރިކަމެއް ފެނިއްޖެ: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 5, 2025, 10:48 PM
މާލެ ސިޓީ

17 އަހަރުގައި ދެވައްތަރެއްގެ ވެރިކަމެއް ފެނިއްޖެ ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، 17 އަހަރުގައި ދެވައްތަރެއްގެ ވެރިކަމެއް ފެންނަމުންދާ ކަމަށެވެ. އެއްވައްތަރަކީ މަންމަގެ ފައްޓަރުބައި ވިއްކާލި ވެރި ކަމާއި އަނެއްވަތަރަކީ މަންމައަށް ފައްޓަރުބައެއް ހޯދައި ދިން ވެރިކަމެއް ކަމަށެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ އެއާޕޯޓް، އެންމެ ބޮޑު އެސެޓް، ރާއްޖޭގެ ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ކުންފުނި، ޖީއެމްއާރް 320 މިލިޔަން ޑޮލަރު ދެއްކުމަށްފަހު ރައީސް ޔާމީން ހޯދައިފައި ވާކަމަށެވެ. އެއާޕޯޓް ހޯދުމަށް ދައުލަތުން ހަރަދު ކުރަން ޖެހުނު 320 މިލިޔަން ޑޮލަރުގެ ޒިންމާ ކުރީގެ ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހު ނަގަން ޖެހޭނެ ކަމުގައި މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އެއާޕޯޓު ދިވެހިން އަތުން އޭރު ގެއްލުނީ އެމްޑީޕީ ސަރުކާރުގައި އެދެބޭފުޅުން ގެ އިހުމާލުން ކަމަށެވެ.

ފާއިތުވި 17 އަހަރުތެރޭގަ 2 ވައްތަރެއްގެ ވެރިކަމެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއްވައްތަރެއްގެ ވެރިކަމަކީ މަންމަގެ ފައްޓަރުބައި ވިއްކާ ވެރިކަންތައް އަނެއްބައި ވެރިކަމަކީ މަންމައަށް ފައްޓަރުބައި ހޯއްދަވާ ދެއްވާ ގަނެދެއްވާ ވައްތަރު ވެރިކަން

ަމަލީހް

މަލީހު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އަދި ރައީސް ސޯލިހު ގެ ވެރިކަމުގައި ޕާލިމެންޓްގެ ބަހެއް ނެތި އެމްއޭސީއެލްގެ ބޯޑަށް މަޖުބޫރު ކޮށްގެން އެތާގައި ހުރި ވަކި މީހަކު މެދުވެރިކޮށްގެން އެބޭފުޅުން އެކަން ކޮށްފައި ވާކަމަށެވެ. އެހެން ކަމުން އެކަމަކީ ފަރުދީގޮތުން އެކަމުގެ ޒިންމާ އެބޭފުޅުން ނަގަންޖެހޭނެ ކަމެއް ކަމުގައެވެ.

އެމްޑީޕީ ސަރުކާރުން އެއާރޕޯޓާއި މެދު އިހުމާލުވެފައި ވާއިރު ރައީސް މުއިއްޒުގެ މި ސަރުކާރުން ވެސް ދަނީ ދިވެހިންގެ އެޔާޕޯޓަށް އިހުމާލުވަމުން ކަމަށް މަލީހު ވިދާޅުވިއެވެ. އެގޮތުން އެއާރ ޕޯޓުގެ ކޮމާޝިއަލް ސީއައިޕީ ލައުންޖްގެ 2 ފްލޯއެއް ބޭރުގެ ކުންފުންޏެއް ކަމަށްވާ ޖެޓްއެކްސް ކުންފުންޏަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެބޭފުޅާ ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved