March 9, 2026
Advertisement
މަލީހު ޖަމާލް
މަލީހު ޖަމާލް / މިހާރު

ބުޅި ކެނޑެން ވާނީ މަސް ބާނަން ނަނު ދޫކޮށްގެން ހުއްޓާ: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 4, 2025, 11:35 PM
މާލެ ސިޓީ

ބުޅި ކެނޑެން ވާނީ މަސް ބާނަން ނަނު ދޫކޮށްގެން ހުއްޓާކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، (ވީއައިއޭ) ގައި ޕާކުކޮށްފައި އޮތް ފްލައިޓެއްގައި ތެޔޮ ބައުޒަރެއް ޖެހުމުން އެ ފްލައިޓު ގްރައުންޑް ކުރުމާ ގުޅޭ ޚަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

މިއީ ސީދާ ހިންގުން ދޯދިޔާވެފައި ތިބި މަރިޔަމް ޝިއުނާމެން ފަދަ، ރައިސް މުހައްމަދު މުއިއްޒުގެ އަޅު ކުދިންގެ ސަބަބުން ހިނގާ ކަންކަން ކަމަށް މަލީހު ތުހުމަތު ކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިއީ މިފަދައިން ނުހައްގުން ވަޒީފާ ބެހުމުގެ ސަބަބުން އެއާޕޯޓުގެ ހިންގުން ބޮއްސުންލުމުގެ ނަތީޖާކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، މުއިއްޒު މިވަނީ މިފަދަ އަމަލުތަކާއެކު ޤައުމު ސުންނާފަތި ކޮއްލާފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved