theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ
ހަބަރު
ބާލިދީ ޖަހައިގެން އެއާޕޯޓު ހިންގި ޖީއެމްއާރު އަތުން އެއާޕޯޓު ހޯދުމުން ފައްޔާޒު ރުޅި ގަދަވެ ރައީސް ޔާމީންއަށް ފާޑުކިޔައިފި
17 ޖުލައި 2025
މާލެ ސިޓީ

ބާލިދީ ޖަހައިގެން ރާއްޖޭގެ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު ހޯދުމުން، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ރުޅި ގަދަވެ ރައީސް އަބްދުﷲ ޔާމީންއަށް ފާޑުކިޔައިފިއެވެ.

ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ކަމަށާ، އެކަން އެގޮތަށް ދިމާވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އެ އެއާޕޯޓް ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވަނިކޮށް، އެ އެއްބަސްވުން ރައީސް ޔާމީންގެ ވެރިކަމުގައި ބާތިލް ކުރުމުން ކަމަށް ފައްޔާޒު ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ، އެއާޕޯޓު ޖީއެމްއާރް އާއި ހަވާލުކުރީ އެތަން ތަރައްގީކުރުމަށާއި، ހިންގުމަށް ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް އެއްވެސް ހަރަދެއް ދައުލަތުން ނުކޮށް ވީއައިއޭ ތަރައްގީ ކުރުމަށް ޖީއެމްއާރް އާއި ހަވާލުކޮށްފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއަރޕޯޓު ހެދުމަށް ނިންމި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެ ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ. އަދި އެ ދެކޮޅު ނުޖެހޭ ސިޔާސީ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުން ދަރަނި ބޮޑުވި ކަމަށް ފައްޔާޒު ވިދާޅުވިއިރު ޖީއެމްއާރުން އެއާޕޯޓު ހިންގި ގޮތް ވަރަށް ރަގަޅަށް ރައީސް ޔާމީން ވަނީ 19 ސެޕްޓެމްބަރު 2018 ގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން ބާލިދީ ޖަހައިގެން ހިންގަމުން އައި އެއާޕޯޓު ސަރަހއްދުގެ އެންމެ ވަރުގަދަ އެއާޕޯޓަށް ބަދަލުވެގެން ދިޔަކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އިސްތިއުމާރީ ބާރުތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން އަމިއްލަ އެއާޕޯޓެއް ހޯދުން މުހިއްމުކަން ހާމަކޮށްދެއްވީ ރައީސް އިބްރާހިމު ނާސިރު ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޖީއެމްއާރަށް އެއާޕޯޓު ދޫކޮށްލިނަމަ މިއަދު ދިވެހިން ދެކެމުންދާ ތަރައްގީ ނުފެންނާނެކަން ޔަގީނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved