March 10, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

އަބަދުވެސް މިލިއަނުން ރައްޔިތުން ބަދަލު ދޭންޖެހޭ ގޮތަށް ކަންތައްކުރާ ވެރިންނަށް ގާނޫނުގެ ދިގު އަތް ފޯރަންޖެހޭ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 6, 2025, 06:18 PM
މާލެ ސިޓީ

މިލިއަނުން ރައްޔިތުން ބަދަލު ދޭންޖެހޭ ގޮތަށް ކަންތައްކުރާ ވެރިންނަށް ގާނޫނުގެ ދިގު އަތް ފޯރަންޖެހޭ ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވިދާޅުވީ ވެރިކަން ހޯދަން ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ވިއްކީ ތެދުވެރިވެ އަމާނާތްތެރި ވާނެކަމަށް ކަމެވެ. އެގޮތުން ގައުމުގެ އެންމެ އިންޗިއެއްވެސް ދޫނުކުރާނެކަމަށް ވިދާޅުވެ ވަޑައިގެން ޗާގޯސް ދޫކޮށްލުމަށް ފަހު މިހާރު އުޅުވަނީހަނިމާދޫ ވިއްކަން ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ވެރިން ޚާއްޞަކޮށް ރައީސް އަބްދުﷲ ޔާމީނު ތަރައްގީ ކުރެއްވި އެއަރޕޯޓްގެ ޓާމިނަލާއިއެކު ބޭރު ބަޔަކަށް އެއަރޕޯޓުން ބައެއް ދޭން ރޭވުމަކީ ނުސީދާކޮށް ދިވެހިންގެ އެއަރޕޯޓް ވިއްކާލުން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ކޮންމެ ފަހަރަކު ރައްޔިތުންގެ ޖީބަށް އަތް ބާނައިގެން ފައިސާ ހޯދަން ވިސްނާ ވިޔަފާރިވެރިންނަކީ ބޮޑަތި ޚާއިނުން ނޫން ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަަބަދުވެސް ދައުލަތުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދައިގެން މުއްސަދި ވާން އުޅޭ މީހެއްގެ ގޮތުގައި ޖަނާގެ ވާހަކަ ދެކެވޭކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، އާޓިސްޓުންނަށް ގައުމު ދިރުވާލަން ޖާގަ ދިނުމަކީ މާސިންގާ ކޮރަޕްޝަން ކަމަށާ އެއީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

އެހެންކަމުން ކޮންމެ ފަހަރަކު މިލިއަނުން ރައްޔިތުން ބަދަލު ދޭންޖެހޭ ގޮތަށް ކަންތައްކުރާ ވެރިންނަށް ގާނޫނުގެ ދިގު އަތް ފޯރަންޖެހޭ ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved