މާލޭގައި އަލިފާނުގެ ހާދިސާއެއް ގިނައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިގައިގެން އުޅެނީ އަލިކިލެގެފާނު މަގުގައި ހުރި އިމާރާތެއްގައި ކަމަށް ވެސް ތޭރަ އޮންލައިނަށް ވަނީ މައުލޫމާތި ލިބިފައެވެ. ހާދިސާ ހިނގައިގެން އުޅެނީ އެމަގުގައި ހުރި ފަހީމު ވޯކްޝޮޕުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ ގ. ރަނައުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާ މިހާރު ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފައި ކަމަށެވެ.
އަލިފާން ހިފަން ދިމާވި ހާދިސާއަކީ ކަރަންޓު ޝޯޓެއްވެގެން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާ އަދި ފިހިގެން ބަންގަދޭޝް ރައްޔިތަކާ އިންޑިއާ ރައްޔިތަކު އައޖީއެމްއެޗަށާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.