March 24, 2026
Advertisement
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް މާދަން ރޭ!

Aminath Zara
އައިމިނަތު ޒާރާ
Aug 26, 2024, 04:40 AM
މާލެ ސިޓީ

އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

Advertisement

ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލްގެ އެކްސް އެކައުންޓްގައި "ވަޠަނުގެ މިނިވަންކަމަށްޓަކާ" ނަމުގައި ޕޯސްޓްކޮށް ޖަލްސާ އޮންނާނެ ކަމަށް ބުނެފައިވެއެވެ.

ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވެއެވެ.

އަދި ރައްޔިތުންނަށް ދިމާވަމުން އަންނަ ގޮން ޖެހުންތައް ފާހަގަކޮށް، ސަރުކާރު މެދުވެރިކޮށް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ރައްޔިތުންގެ ނަމުގައި ރައީސް ޔާމީން އިސްވެހުރެ ވަކާލާތު ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

ފްރޮންޓް އޮފީސް ޖަލްސާ އޮންނާނީ ހ.ދޫވެހި ފުރަތަމަ ފަންގިފިލާގައި ހުންނަ ދަ ފްރޮންޓް އޮފީހުގައި 20:45 ގައި ކަމަށް ބުނެފައިވެއެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ރައްޔިތުން ގައުމުގެ ކަންކަމަށް ހޭލުންތެރިވަމުން އަންނަކަން ހޯދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved