March 9, 2026
Advertisement
މުޒާހަރާއެއްގެ ތެރެއިން
މުޒާހަރާއެއްގެ ތެރެއިން / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ދިފާއުގައި ދިވެހިންގެ ބަޔަކު އެމެރިކަން އެމްބަސީ ކުރިމަތީ މުޒާހަރާކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Aug 26, 2024, 04:39 AM
މާލެ ސިޓީ

އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ކުރަމުން އަންނަ ހަނގުރާމައިގެ ދިފާއުގައި ދިވެހިން ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ ދިފާއުގައި އަންނަނީ އަޑުއުފުލަމުންނެވެ.

Advertisement

މިގޮތުން، ސަހްޔޫނީންނަށް ވާގިވެރިވާ ކަމަށް ބުނެ އެ ގައުމަށް ވާގިވެރިވާ އެމެރިކާ އާއި ގުޅުން ކަނޑާލުމަށްވެސް ދިވެހިން އަންނަނީ ގޮވާލަމުންނެވެ. މިގޮތުން، ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އެމެރިކަން އެމްބަސީ ކުރިމަތީގައި މިއަދުވެސް ދިވެހިންގެ ބަޔަކު ވަނީ ނުކުމެ އަޑު އުފުލާފައެވެ.

ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަށް ފަންޑްކުރާކަމަށް ބުނެ އެމެރިކަން އެމްބަސީ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައި ހައްޔަރުކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހިން ގޮވަމުންދާއިރު، މި ބިލު ފާސްކުރުމަށް މަޖިލީހުގައި އޮންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved