ދިއްދޫ އަބްދުﷲ ނިޔާވެއްޖެ / ސޯޝަލް މީޑިއާ
ހަބަރު
ރިލްވާންގެ ބައްޕަ، ދިއްދޫ އަބްދުﷲ ނިޔާވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
26 އޯގަސްޓު 2024
މާލެ ސިޓީ

ވީނުވީއެއް ނޭންގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲގެ ބައްޕަ އަބްދުﷲ މޫސާ (ދިއްދޫ އަބްދުﷲ) ނިޔާވެއްޖެއެވެ.

އަބްދުﷲ ނިޔާވީ ރޭ ދަންވަރުއެވެ. ނިޔާވިއިރު އުމުރަކީ 79 އަހަރު އެވެ. ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ރިލްވާން ގެއްލުނު ފަހުން އަބްދުﷲ ގެންދިޔައީ އެ ހާދިސާގެ ފަހަތުގައިވާ ކަންކަން ހޯދާ އިންސާފު ގާއިމު ކުުރުމަށް ގޮވާލަމުންނެވެ. މަގުމަތީ ހިންގުނު ކޮންމެ ހަރަކާތެއްގައި އެންމެ އިސްކޮށް އޭނާ ހުރެއެވެ.

އެއާއެކު އާންމުންނާއި މީޑިއާތަކުގެ ބޮޑު ސަމާލު ކަމެއް އަބްދުﷲއަށް ހުއްޓުނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved