March 9, 2026
Advertisement
ހޯދަން އިއުލާންކޮށްފައިވާ ޝަފުރާ އަބްދުﷲ އާދަމް
ހޯދަން އިއުލާންކޮށްފައިވާ ޝަފުރާ އަބްދުﷲ އާދަމް / ޕޮލިސް މީޑިޔާ

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހޯދަނީ

Mariyam Isaadha
މަރިޔަމް އިސާދާ
Aug 26, 2024, 05:22 PM
މާލެ ސިޓީ

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ އެއްގައި އަންހެނަކު ހޯދަން އިއުލާން ކޮށްފިއެވެ.

Advertisement

ފުލުހުން މިއަދު ކުރި އިއުލާނުގައި ހޯދަން އެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ, ދިލާވަރުގެ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމް ކަަމަށް ހާމަކޮށްފައިވެއެވެ.

ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހާޒިރުވުމަށް ޝަފުރާއަށް އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ޝަފުރާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެ އިއުލާނުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ޝަފުރާ ހާޒިރުކުރަނީ ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved