March 9, 2026
Advertisement
ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރި ހަފްލާގެ ތެރެއިން
ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރި ހަފްލާގެ ތެރެއިން / އަވަސް.އެމްވީ

އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 26, 2024, 05:37 PM
މާލެ ސިޓީ

އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަން ސަރުކާރަށް ގޮވާލައިފިއެވެ.

Advertisement

ސަރުކާރަށް މިކަމަށް ގޮވާލާފައިވަނީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިންނެވެ.

އެމްޓީއޭއިން 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިތުރުވަމުން އައިސް މިހާރު ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް އިތުރުވުމާއި ގުޅިގެން އިގްތިސާދީ އިސްލާހީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ އެމްޓީއޭ އިން ނެރުނު އެ ބަޔާނުގައި އިތުރަށް ވަނީ ޑޮލަރުގެ ދަތިތަކަން ހުރުމުގެ ސަބަބުން ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް އިގްތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ބަލާއިރު، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ރަސްމީ ރޭޓާއި ނުރަސްމީ ރޭޓާ ދެމެދުގައިވާ ތަފާތު ވަނީ 20 އިންސައްތައަށްވުރެ އިތުރުވެފައި. ނުރަނގަޅު މި ބޮޑު ބަދަލުގެ ސަބަބުން އާންމު ފަރުދުންނާއި އާންމު ވިޔަފާރިވެރިން ޑޮލަރު ގަތުމަށް ބޮޑު އަގެއް މިވަނީ ދައްކަން ޖެހިފައި.

އެމްޓީއޭގެ ބަޔާނުގައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ސީދާ ސަރުކާރަށް ވިއްކުމަށް ބާރުއެޅުމާއި ޑޮލަރު ބޭނުންކުރެވޭނެ ދާއިރާތައް ވަގުތީ ގޮތުން ނަމަވެސް ހަނިކުރަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަކޮށް، ސިޔާސީ ވަޒީފާތައް މަދުކޮށް ދައުލަތުގެ ކުންފުނިތަކުގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަކީ މިހާރުން މިހާރަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާންޖެހިފައިވާ މައްސަލަތަކެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، މި ހާލަތުގައި ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް އެމްޓީއޭއިން ބުނީ މިހާލަތުން އަރައިގަތުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved