March 20, 2026
Advertisement
އެމްއެލްސީއޭއިން ބޭއްވި ޕްރެސްގެ ތެރެއިން
އެމްއެލްސީއޭއިން ބޭއްވި ޕްރެސްގެ ތެރެއިން / އަދަދު

ކައުންސިލްތަކުގެ ބާރު ކުޑަވާ ގޮތަށް އާބަން ޑިވެލޮޕްމަންޓުގެ ބިލު ތަސްދީގު ނުކުރަން ހޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 26, 2024, 09:02 PM
މާލެ ސިޓީ

ކައުންސިލްތަކުގެ ބާރު ކުޑަވާ ގޮތަށް ފަރުމާ ކޮށްފައިވާ އާބަން ޑިވެލޮޕްމަންޓުގެ ބިލު ތަސްދީގު ނުކުރަން ހޮވާލައިފިއެވެ.

Advertisement

މިފަދައިން ގޮވާލާފައިވަނީ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިންނެވެ.

ކައުންސިލްތަކުގެ ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވެފައިވަނީ އެލްޖީއޭ ވަޒީރަށާއި މަޖިލިސް މެންބަރުންނަށް ވެސް ބިލުގައިވާ އެއްޗެއް ރަނގަޅަށް ނޭނގޭ ކަމަށެވެ. އެހެންކަމުންނާ އެއްކޮށް ބިލު ތަސްދީގު ނުކޮށް އަލުން މަޝްވަރާކުރުމަށް އެ އެސޯސިއޭޝަންގެ ފަރާތުން އޭނާ ވަނީ ރައީސް މުހައްމަދު މުއިއްޒަށް ގޮވާލާފައެވެ.

ބަޝީރު އިތުރަށް ފާހަގަކުރީ 2019 ގައި ގާނޫނަށް ގެނެވުނު އިސްލާހާއި އެކީގައި ކައުންސިލުތަކަށް ބާރުތަކެއް ލިބި ހިންގައި ގަނެވުނީ އަދިކިރިޔާ ކަމަށެވެ. ނަމަވެސް، މި ބިލުގެ ސަބަބުން އެ ބާރުތައް ހަނިވެ ކައުންސިލުތަކުން ހަދައިފާ ހުރި ލޭންޑް ޔޫސް ޕްލޭންތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޝީރުގެ އިތުރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންވަނީ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ބިލުގެ ސަބަބުން އަތޮޅު ކައުންސިލުތައް އެއްކޮށް އެކަހެރިވެގެންދާ ކަމަށާ އަދި ކައުންސިލުތަކަށް ލިބިގެންދާ އެތައް ބާރެއް ހިފެހެއްޓި ސަރުކާރުގެ އޮތޯރިޓީއެއްގެ ތެރެއަށް އެ ބާރުތައް ދާ ކަން ފާހަގަކޮށް ރައްޔިތުންގެ އަޑު އެކީގައި ކެނޑިގެންދާނެކަމަށް ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved